31.12.09

އޭ އަޚާއެވެ! ސަމާލުވާށެވެ!

ތިބާ ހަލާކުކޮށްލާނެ ކަންތައްތަކެއް ބުނެދެން ހެއްޔެވެ؟
1- ގިނައިން ކެއުން.
2- ހަސަދަވެރިކަން.
3- ރުޅިވެރިކަން.
4- ބަޚީލުކަން (ދަހިކަން).
5- މުދައު ދެކެލޯބިވުން.
6- ޢިއްޒަތާއި ޖާހު ހޯދަން އުޅުން.
7- ދެއްކުންތެރިކަން.
8- ކިބުރުވެރިކަން.
9- އަމިއްލަ ނަފްސުގެ މޮޅުކަން ދުށުން.
ތިބާގެ ޢަދާވާތްތެރިން ބުނެދެން ހެއްޔެވެ؟
1- ތިބާގެ ކައިރީގައި އުޅެ ތިބާއަށް ހަސަދަވެރިވާ މީހާ.
2- ތިބާއާ ހަނގުރާމަކުރާ ކާފިރު ކަލޭގެ.
3- ތިބާގެ ނަފްސު.
4- ތިބާ މަގުއޮޅުވާލާ ޝައިޠާނާ.
5- ތިބާދެކެ ރުޅިއަންނަ މުނާފިޤު.
މުއުމިނުންގެ ބައެއް ސިފަތައް ބުނެދެން ހެއްޔެވެ؟
1- ﷲތަޢާލާ އާ އެއްވެސް އެއްޗެއް ޝަރީކުނުކޮށް ހަމައެކަނި އެއިލާހަށް އިޚްލާޞްތެރިކަމާ އެކު އަޅުކަންކުރުން.
2- ގިނަގިނައިން ތައުބާވުން.
3- ޙަމްދުކުރުން.
4- ބިމުގައި ދަތުރުކޮށް މާތްﷲގެ ކުޅަދުންވަންތަކަން ދައްކުވައިދޭ ހެކިތަކާމެދު ވިސްނައި ފިކުރުހިންގުން.
5- ގިނަގިނައިން ރުކޫޢަކޮށް ސަޖިދަ ކުރުން (ނަމާދު ކުރުން).
6- ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތަކުން މަނާކުރުން.
7- މާތްﷲގެ ޙައްދުތަކަށް ރައްކާތެރިވުން.

No comments:

Post a Comment